މިބަދަލުގެ މަން ފާ އަޅުގަޑުމެން ނަށް ކުރާނެ ގޮތަކާމެދު ވިސްނާލުމުން....
މުސްކުޅިންބުނެއުޅޭ ހަރުބަހެއް މަތިން މިއަދު އަޅުގަޑަށް އައި ފޯނުކޯލަކުން ހަދާންވިއެވެ. ހަބަރު ބަލާލުމުން އެއީ ވެދާނެކަމެއް ކަމަށް ހުދު މިކަމުގެ ނިމުން ރަށްދުވާ މީހާވެސް ނުގޮތަކަށް އެއްބަސްވިކަހަލަ ހެން ވެސް ހީވިއެވެ. ވަކިދުވަހަކަށް މާލޭއެރުމަށް ހޯމްމިނިސްޓްރީން ގުޅިކަމާ ރައީސް އޮފީހުގެ ފެހިސިގުނަލް ލިބުނުކަމާއި މިހިރަމިހިރަ ކަން ތަށް ތަކަކީ އަލުގަޑުމެން ވިސްނާލުމުން ވެދާނެކަމެއް ކަމުގައި ބެލުމަކީ ގޯހެއް ނޫން ބާއޭވެސް ހުދު އަޅުގަޑަށް ވެސް އިހުސާސް ކުރެވެއެވެ.
ދަންނަވަން މިއުޅެނީ ފ.އަތޮލުގެ އިސްމަގާމަކަށް ހަމަޖެހުނުކަމަށް ކިޔާ އިބްރާހިމް ޚަލީލް ގެ ވާހަކައެވެ. މިބަދަލަކީ ކޮންކަހަލަބަދަލެއް ބާއޭ ހިތަން އަރާފަރާތް ތަކަށް އަޅުގަޑުގެ ހިތުގައިވާ ގޮތް ހާމަ ކޮށްދެވޭތޯ ބެލުމެވެ. ފަހަރުގާ އަޅުގަޑުގެ ވިސްނުން ތަފާަތުވުމަކީ އެކަށީގެން ވާގޮތެކެވެ، އެހެނީ އަޅުގަޑުުމެން އެންމެން ގެ ވިސްނުމުގާ ތަފާތު ހުންނާނެތީއެވެ. މިގޮތުން އަޅުގަޑަށް ހޯދާބަލާލުމުން ފެންނަހަގީގަތްތަށް މިހިރީއެވެ.
· މަޝްހޫރު އަލީ ޝަމީމް(ޝަމީމް ދޮންބެ) ގެ ދޮށީ ފިރިހެން ދަރިފުޅެވެ.
· ޓީޗަރުކަމުން ފެށިގެންގޮސް ނިލަން ދޫގެ ވެރިކަމުގެ ދާއިރާގައި ގިނަގުނަ ހިދުމަތް ތަކެއް ކޮއްފައިވާ ޒުވާން ހިންގުން ތެރިޔެކޭބުނެވިދާނެއެވެ.
· މިހާރުއާއިލާގައި ތިބީ އެއްބަޑު އެއްބަފާ ދެފިރިހެން ކޮއްކޮ އާއި އުފަން ހަތް ދަރިން ނާއި އަބިކަބަލެކެވެ.
· ވާހަކަދެއްކުމުގާ އެފަދަ ދެވަނައެއް ނެތް ރަން ދުލެއްގެ ވެރިޔެކޭބުނެލާހިތް އަބަދުވެސް އަޅުގަޑުވެއެވެ. ނަމަވެސް ދައްކާ ވާހަކައިގެ އަގުވަޒަންކުރުމުގާ ވިސްނުންތެރިންގެ ބުއްދީގެ ބޭނުން ހިފުމަކީ އެދެވޭކަމެކެވެ.
· މީހުން ނާގުޅޭކަމަށް ފާހަގަކުރެވޭފަހަރު އަންނަފަދައިން ޚިޔާލު ތަފާތުވާފަހަރުތަކުގައި ޚިޔާރުކުރާ ގޮތާމެދު ސުވާލުއުފެދޭ ގޮތް ވާތަން ވެސް ފެނެއެވެ.
· މީހާގެ އަމިއްލަ ވިސް ނުމާއެއްވަރަށް މުޖުތަމައުގެ ވިސްނުން ހިއްސާ ކޮއްފިނަމަ ވަރަށް ފުރިހަމަ ކަމަށް ޤާބިލުވެރިޔަކަށް ވެވޭނެ ބޭފުޅެކެވެ.
· އެހެން މީހުންގެއެހީތެރިކަމުން ނެތްޓި ތިމާޔަކީ ކުރިމަގު އުޖާލާމީހެއްކަމާމެދު ވިސްނައިފިނަމަ ވަރަށް ހަރުދަނާ ޝަހުޝިއްޔަތަކަށް ވެވޭނެކަމާމެދު އަޅުގަޑު ޝައްކެއްނުކުރަމެވެ.
· ވަކިބަޔަކަށް ބަރޯސާވުމުގެ ބަދަލުގައި ހިޔާރުކުރަން ވީ ތިމާ ގެސަބަބުން ތިމާގެ މުސްތަގުބަލާއި ގައުމުގެ ތަރަށްގީ އާއި މުޖުތަމައުގެ ފައިދާއަށެވެ.
No comments:
Post a Comment