Friday, February 6, 2009

މިފަދަ ބަޔަކާމެދު ވިސްނުން ބުއްދިވެރި......؟

މިފަދަ ދަޑިވަލެއްގައި އަޅުގަޑުގެ ނަޒަރު ހުއްޓެނީ ވޭތުވެދިޔަ ހަފްތާގައި މަޖިލީސްގެ ނިންމުން ތަކުގެ މައްޗަށެވެ. ދަންނަވާލަން ބޭނުމީ މިފަދަބަޔަކައް ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމުގައި އެބޭފުޅުން ކޮއްގެން އެތިބަހުވައިގެ ބަރުދަންވިސްނެނީ ކިހާމިންވަރަކައްތޯއެވެ. ގައުމުތިމާއައްއެގޮވާލަނީ ކޮންކަމަކައް ތޯބެލުމެއްނެތި ތިމާގެ އަމިއްލަފައިދާ އެއްވެސްކަމެއްގައިނެގުމަކީ ކިހާބޮޑުއޮޅުވާލުމެއްތޯ އަޅުގަޑުގެ ހިތުގައި އުފެދޭސުވާލު ތިޔަބޭފުޅުންނާ ހަވާލެވެ. ކޮންމެގޮތެއްހަދައިގެންވިޔަސް ތިމާނުވަތަ ތިމާގެ އާއިލާ ނުވަތަ ތިމާގެ އަމިއްލަމުދަލާބެހޭގޮތުން މަޖިލީހުގައި ކުރެވޭބަހުސްއެއް ގައި އެއްވެސް ވަރަކައް ގައުމީ ރޫހެއްހުރިމީހަކުހުރިނަމަ އެދުވަހު އެމަޖިލީހުންނިކުންނާނެމީހުން ފަސްއިގިލިން ގުނައެއްނުލެވޭނެއެވެ. އެކަމު އެދުވަހު ގޮޑިންތެދުވުމެއްނެތި އެބިލްބަލައިގަތުމައް ވޯޓުދިން ބޭފުޅުން ނަކީ އެއްގޮތައްވުރެ ގިނަ ގޮތްގޮތުން ފަތުރު ވެރި ކަމާގުޅިލާމެހިފައިވާބޭފުޅުންނެވެ. މިގޮތުން އަޅުގަޑުމެން އެއަތޮޅަކައްނިސްބަތްވާ ފ. އަތޮޅު ގޮޑިފުރުއްވަމުން ގެންދަވާ  އަލްއުސްތާޒު އަހްމަދުހަމްޒާ ގެ ނަން މިފުރުސަތުގައި ފާހަގަ ކޮއްލުމައް ބޭނުމެވެ. އެބޭފުޅާގެ މުޅިއާއިލާއަކީވެސް ފަތުރުވެރިކަމުގައި މިމުޅިރާއްޖޭންވެސް ނަންކިޔާލެވޭބަޔެކެވެ. ތިމާގެހިތުގައި އެއްވެސް ވަރަކައްގައުމީ މަސްލަހަތެއް  އޮތްމީހަކުނަމަ އެދުވަހު ހަމްޒާ ފަދަ ޢިލްމުވެރިބޭފުޅެއް އެފަދަ ބިލަކައް ވޯޓު ދީގެން ނުވާނެއެވެ. މިކަމުން ދޭހަވަނީ ކުރިޔައް އޮތް އާއްމު އިންތިހާބާ ދޭތެރޭ އަޅުގަޑުމެން އިތުރައް ވިސްނަންޖެހޭކަމެވެ. އަޅުގަޑުމެންގެއަތޮޅުން މަޖިލިސްގޮޑިއައް ހޮވަންވާނީ ގައުމީރޫހައިގެން އަތޮޅާއި ގައުމުގެދިފާއުގައި ފުރިހަމަޔައްވަކާލާތުކުރެވޭބޭފުޅެކެވެ.

އަމިއްލައެދުމައިގެން ދުނިޔޭގެ ދުވަސް ތައް ދުއްވާލުމައްވުރެ ގައުމީރޫހައި އަތޮޅުގެ މަންފާއައް ހެވާއި ލާބައައް އެދުމަކީ އަޅުގަޑުމެންގެ އަތޮޅާއި މުޅިގައުމުގެ ކުރިއެރުންކަމުގައި އަޅުގަޑުމެންހޮވާމެންބަރުންވާންޖެހޭނެއެވެ. ވިސްނާލަންވީ މިފަދަހާމަކަންބޮޑު ކަމެއްގައި އެފަދަފާޅުކަންބޮޑުކޮއް ކަމެއްކުރާބަޔަކު ނޭގުމެއްގެތެރެއިން ލިބޭފުރުސަތަކުން ރައްޔަތުން އަދިރިކަމުގެތެރެއައް ގައްބާލާނެ ފުރުސަތެއް އެފަދަ ބަޔަކައް ނުދިނުމަށެވެ. އަޅުގަޑުމެން ލޮބުވެތި ރައްޔަތުން ގެ ނިންމުން ވަގުތީ ފައިދާ އަކައްވުރެ ދާއިމީ މަންފާއައް ވިސްނުމައް މިފުރުސަތުގެ ބޭނުން ހިފުމަށެވެ. އަޅުގަޑުމެން ނިދިން ހޭލުމައް ފަހު ލެވޭވޯޓު މިފަދަ ބަޔަކައް ނުދިނުމައް ތިޔަ އެންމެ އަޚުންނާއި އުޚުތުންނައް އަޅޫގަޑު އިލްތިމާސް ކުރަމެވެ.