Friday, March 26, 2010

BREAKING NEWS

މާލެތެރޭގައި މިރޭ ހިނގަމުންދާ ހަމަނުޖެހުންތަށް ފުލުހުން ކޮންޓްރޯލް ކޮށްފިއެވެ.ބޮޑު ދެޕާޓީގެ މެދުގައި ހިނގަމުންދާ ހަމަޖުހުންތަށް ހަމައަކަށް އެޅުމުން ދެޕާޓީންވެސް ގެންދަނީ ކުރިން ބާއްވަން ހަމަޖައްސާފައިވާ ބައްދަލުވުންތައް ދެޖަގަހައިގައި ބޭއްވުމުގެ ތައްޔާރީތައް ވަމުންނެވެ. ޑީއާރުޕީ ޖަގަހަ ކައިރި އަށް ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައި މިހާރުވެސް އެބަތިއްބެވެ. މިރޭ މަޝްރަހު ހޫނުވާން ދިމާވި ސަބަބެއްކަމަށްވަނީ ރޭ އެމްޑީޕީން ބާއްވަމުންދިޔަ ދީނީ ދަރުސަކަށް ޑީއާރުޕީން ހުރަސްއަޅައި އޮއްގަލާއި ފުޅި އުކާ މާރާމާރީ ހިންގާފައިވާތީ ބެލެވޭކަމަށް ސިޔާސީ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

-

އަމިނީ މަގުގައި ހުންނަ އެމްޑީޕީ ޖަގަހައަށް ދިޔަ ޑީއާރުޕީގެ ސަޕޯޓަރުންތަކަކާއި ފުލުހުންގެ ސްޓާފޯސް އާއި ދެމެދު ކުރިމަތި ލުންތަކެއް ހިނގައި ބަޔަކު ޒަޚަމްވެއްޖެއެވެ. މަންޒަރުދުށް މީހަކު ބުނިގޮތުގައި އަނިޔާވި މީހުން އެމްބިއުލެންސްގައި ހޮސްޕިޓަލަށްވެސް ގެންދަން ޖެހުނެވެ.

-

ޑީއާރުޕީ ޖަގަހައިގައި މިރޭ ހަމަނުޖެހުންތަކެއް ހިނގައިފިއެވެ. މިހަމަނުޖެހުންތައް ހިނގަން ދިމާވީ ޑިއާރުޕީގެ އެއްވުމެއް އެޖަގަހައިގައި ކުރިއަށްދަނިކޮށް ބަޔަކު އައިސް އެތަނުގެ ތެރެއަށްވަދެ ސްޕީކަރުތައް ހަލާކުކުރަން މަސައްކަތް ކުރުމާއުގުޅިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެޖަގަހައިގެ ބޭރުގައި ތިބި ބަޔަކު އެތަނުގެ ތެރެއަށް ކުކުޅު ބިހާއި އޮއްގާ އުކާފައިވެއެވެ. މިހަމަނުހުން ހަމަޔަކަށް އެޅުވުމަށް ރައިޓް ގިޔަރުގައި ތިބި ފުލުހުން ކުރި މަސައްކަތުގައި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި މަންޒަރު ފެނިފައިވެއެވެ. ތަފްޞީލް އަންނަނީ.

މުޒާހަރާ ކުރާމީހުންދެކެ ސަރުކާރުން ހާދަހާވާ ބިރެއްގަނެއޭ

ވޭތުވެދިޔަ 30 އަހަރުބޭނުން ނުކުރާހާ ގިނައިން ކަރުނަގޭސް ފާއިތުވި ދޮޅު އަހަރު ތެރޭގައި ބޭނުން ކޮށްފައިވޭ. އިދިކޮޅު ޕާޓީގެ އާއްމު ޖަލްސާއެއް ނުވަތަ އެއްވުމެއް ބާއްވަން އުޅޭ ކަމުގެ އަޑު އިވޭއިރަށް ހައިސެކިއުރިޓީ ޒޯން ބަންދުކުރޭ.

ދިވެހިރާއްޖޭގެ ޤާނޫން އަސާސީ އިން ސުލްހަވެރިކަމާއި އެކު އެއްވުމުގެ ޙައްޤު އެންމެހާ ދިވެހިންނަށް ލިބިދީފައި ވެއެވެ. މި ހައްޤުގެ އެންމެ ފުރިހަމަ ބޭނުމެއް ހިފަމުން ގޮސްފައިވަނީ ސިޔާސީ ޕާޓީ ތަކުންނެވެ. ފުލުފުލުގައި އެތަކެއް އާއްމު ޖަލްސާތަކެއް ބާއްވަމުން ދެއެވެ. ސަރުކާރު ހިންގުމުގެ ސިޔާސަތު ތަކާއި ދެކޮޅަށް އަޑު އެފުލުމަށް އެއްވުންތައް ބާއްވާ އަޑުގަދަކޮށް ހަދަމުން ގެންދެއެވެ. ރާއްޖޭގައި އެއްވެ އުޅުމުގެ މިނިވަންކަން ހޯދުމަށް އެންމެ ބޮޑަށް އަޑުގަދަކޮށްފައި ވަނީ މިހާރުގެ ސަރުކާރު ނިސްބަތްވާ އެމް.ޑީ.ޕީގެ މެމްބަރުންނެވެ. މިހާރުގެ ރައީސުލް ޖުމްހޫރިއްޔާއާއ.