Friday, March 26, 2010

BREAKING NEWS

މާލެތެރޭގައި މިރޭ ހިނގަމުންދާ ހަމަނުޖެހުންތަށް ފުލުހުން ކޮންޓްރޯލް ކޮށްފިއެވެ.ބޮޑު ދެޕާޓީގެ މެދުގައި ހިނގަމުންދާ ހަމަޖުހުންތަށް ހަމައަކަށް އެޅުމުން ދެޕާޓީންވެސް ގެންދަނީ ކުރިން ބާއްވަން ހަމަޖައްސާފައިވާ ބައްދަލުވުންތައް ދެޖަގަހައިގައި ބޭއްވުމުގެ ތައްޔާރީތައް ވަމުންނެވެ. ޑީއާރުޕީ ޖަގަހަ ކައިރި އަށް ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައި މިހާރުވެސް އެބަތިއްބެވެ. މިރޭ މަޝްރަހު ހޫނުވާން ދިމާވި ސަބަބެއްކަމަށްވަނީ ރޭ އެމްޑީޕީން ބާއްވަމުންދިޔަ ދީނީ ދަރުސަކަށް ޑީއާރުޕީން ހުރަސްއަޅައި އޮއްގަލާއި ފުޅި އުކާ މާރާމާރީ ހިންގާފައިވާތީ ބެލެވޭކަމަށް ސިޔާސީ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

-

އަމިނީ މަގުގައި ހުންނަ އެމްޑީޕީ ޖަގަހައަށް ދިޔަ ޑީއާރުޕީގެ ސަޕޯޓަރުންތަކަކާއި ފުލުހުންގެ ސްޓާފޯސް އާއި ދެމެދު ކުރިމަތި ލުންތަކެއް ހިނގައި ބަޔަކު ޒަޚަމްވެއްޖެއެވެ. މަންޒަރުދުށް މީހަކު ބުނިގޮތުގައި އަނިޔާވި މީހުން އެމްބިއުލެންސްގައި ހޮސްޕިޓަލަށްވެސް ގެންދަން ޖެހުނެވެ.

-

ޑީއާރުޕީ ޖަގަހައިގައި މިރޭ ހަމަނުޖެހުންތަކެއް ހިނގައިފިއެވެ. މިހަމަނުޖެހުންތައް ހިނގަން ދިމާވީ ޑިއާރުޕީގެ އެއްވުމެއް އެޖަގަހައިގައި ކުރިއަށްދަނިކޮށް ބަޔަކު އައިސް އެތަނުގެ ތެރެއަށްވަދެ ސްޕީކަރުތައް ހަލާކުކުރަން މަސައްކަތް ކުރުމާއުގުޅިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އެޖަގަހައިގެ ބޭރުގައި ތިބި ބަޔަކު އެތަނުގެ ތެރެއަށް ކުކުޅު ބިހާއި އޮއްގާ އުކާފައިވެއެވެ. މިހަމަނުހުން ހަމަޔަކަށް އެޅުވުމަށް ރައިޓް ގިޔަރުގައި ތިބި ފުލުހުން ކުރި މަސައްކަތުގައި ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި މަންޒަރު ފެނިފައިވެއެވެ. ތަފްޞީލް އަންނަނީ.

No comments: