Friday, November 28, 2008



ި                                                                     ޒިންމާ ދާރު ކައުންސިލް                                                                                                                                              
އިންތިހާބު ތަކުގެވާހަކަ ދައްކާދުވަސް ވަރެއްގައި އަޅުގަޑުމެން ވިސްނާލަންޖެހޭ ކަންތައްތައް ވަރަށް ގިނައެވެ. ނިމިދިޔަ ރިޔާސީ އިންތިހާބާއި އަންނަން އޮތް މަޖިލިސް ގެ ފޯރި އެއްކިބާ ކުރުމަށް ފަހު އަޅުގަޑުމެން ގެ ވިސްނުން ބަދަލު ކުރަންވީ ކުރިޔަށް އޮތް ކައުންސިލް ތަކުގެ އިންތިހާބަށެވެ. މިކަމުގައި ވިސްނަންޖެހޭ ކަންތައް ތައް ގިނަގުނައެވެ. ފުރަތަމަ ރަށުލެވެލްގައި ހޮވާ ރަށުކައުންސިލް އެވެ. މިގޮތުން އަޅުގަޑުމެން ވިސްނުން ގެންގުޅެންޖެހޭ މިންގަޑުތަކެއް ކަޑައެޅުންވަރަށް މުހިންމެވެ. ފުރަތަމަ ކަމަކަށް ވިސްނާލަންވީ އަޅުގަޑު މެން މިފަހަރުވެސް ހޮވަން ވީ އެންމެފަހުން ރަށުކޮމިޓީ އަށް ހޮވިމީހުން ބާއެވެ. އެހެންކަމަށްވާނަމަ އެބޭފުޅުންގެތެރެއިން ސަރުކާރު މުވައްްޒަފުން ކުރިމަތިލާނެ ތޯވެސް ޔަގީން ކުރަންޖެހެއެވެ. ދެން އެބޭފުޅުން ކުރިމަތި ނުލާނަމަ އެކަމަށް ޤާބިލް ބަޔަކު މިހާރު ރަށްރަށުގައި އިބަތިބިބާއޭވެސް އަޅުގަޑު ގެ ހިތުގައި ސުވާލު އުފެދެއެވެ.މިހިރި ކަން ތަކާމެދު މިހާރު ލިބިފައިވާ ވަގުތުގެ ބޭނުން ކޮށްގެން މާލެ އާއި އެހެނިހެން ދާއިރާތަކުން އަޅުގަޑުމެން ރަގަޅުޓީމެއް ނުނަގައިފިނަމަ ހިތާމަކުރަންޖެހޭނެ ކަން ޔަގީނެވެ. ރަށްރަށް ވަކިކުރުމަށް ފަހު ކޮންމެރަަށަކުންވެސް އެކަމަށް ޤާބިލްބަޔަކު ނުނަގަިފިނަމަ އަތޮޅުގެ ހާލަތު ހީނުކުރާފަދަ ހިތާމަވެރި ގޮތަކަށް ބަދަލުވުމަކީ ވަރަށް ގާތްކަމެކެވެ.މިފަދަ ކައުންސިލްތަކަކީ މުޅިއަތޮޅުހިންގާ ކުޑަވަރެއްގެ ސަރުކާރެއްކަން ހަދާން ކުރަމާތޯއެވެ. އެފަދަ ޒިންމާދާރުމަގާމުތަކަށް ތައްލީމީ ޒުވާނުން ނުނަގައިފިނަމަ ، އަތޮޅުދެކެ ލޯބިވާ ކޮންމެދަރިޔަކުވެސް މިކަމާ ހިތާމަކުރަންޖެހޭނެކަމަކީ ޔަގީންކަމެކެވެ.
ބަޔާންކުރެވުނު ކަންކަމާމެދު އަތޮޅުގެ ރައްޔަތުން ވިސްނާނެކަމަށް އަޅުގަޑު އުއްމީދުކުރަމެވެ. ނުވިސްނައިފިނަމަ ލިބިދާނެ ހިތާމަ ޔަކީ މިހާރު ވެސް ފެންނާންހުރި ހަޤީގަތެވެ. ދިހަރުފިޔާއަށް ވާން އޮންނަ ކަން ތަށް ސަތޭކަ ރުފިޔާ އަށް މިހާރު މިކުރަނީ ވެސް އަތޮޅުގައި ތިބި މުއްސަދިން ކޮމިޓީތަކުގެ ގޮޑި ހޫނުކުރާތީއެވެ. ވިސްނާށެވެ. ފުންކޮށް ވިސްނާށެވެ، އަދި ވަގުތު އެބައޮތެވެ.އަލުގަޑުމެންގެ މުޅިއަތޮޅުގެ އެންމެ ހާކަންތައްތައް ބަޔަކުމީހުންނާ ހަވާލުކުރުމެކީ ކުޑަކަމެއް ނޫނެވެ.ނުބައިވިސްނުމެއްގައި ހޮވޭ ކައުންސިލަކީ އޭގެނުބައި އަސަރު މުޅިމުޖުތަމައައް ކުރާނެ ކަމެކެވެ.އެހެންވެއްޖެނަމަ އެފަދަ ކައުންސިލަކީ ޒިންމާދާރު ކައުންސިލަކަށް ނުވާނެއެވެ...

4 comments:

Anonymous said...

SOme educated people are unacceptable to be hold a portfolio in island council. the reason is thier behavior with others in the society. Thier trust has lost due to such uncivilized habits! one example is Abdul samad from Athireege

Anonymous said...

Abdul Samad is just is just one out of hundreds we have in the Island. so we can count on educated people from the Island. Look we have a young and a very energetic, and one of the most educated people from the Island who has even the experience of running the day to day affairs of atolls.
I am sure Nilandhoo has produces many people who are capable of running.
And my appeal is as well, please people do not choose a council which consists of some of people from the current raakaafu committee.

Anonymous said...

thats Abdul samad. but dont forget we have many GOOD, CAPABLE people who are on the opposite side of the spectrum

Anonymous said...

ya I do believe those posts should be hold by young n educated guys.