Thursday, January 15, 2009


ވިސްނާލުން ރަގަޅެވެ............؟؟؟؟

ކުރިމަތި ވަމުން އަންނަ މަޖިލިސް އިންތިހާބުގައި ވާ ދަ ކުރާ ބޭފުޅުންގެ ތެރެއިން ކާމިޔާބުލިބޭ ބޭފުޅަކީ ފ.އަތޮޅުގެ ތާޜީހުގައި ރަން އަކުރަކުން ފަވާލެވޭނެ ބޭފުޅެކެވެ. މިހާތަނަށްރާއްޖޭގައި ބޭއްވޭ އެންމެ މިނިވަން މިއިން ތި ހާބު މުހިއްމުވާ ގިނަ ގުނަ ސަބަބު ތަކެއްވެއެވެ. މިގޮތުން އަޅުގަޑުމެންގެ ތެރެއިން އެންމެ ގިނަ ބޭފުޅުން ކުރިމަތިލާ މިއިންތިހާބުގައ ފ.ނިލަންދޫގެ ގިނަބޭފުޅުން ކޮޅެއްކުރިމަތިލުމާއި އެހެން ދިމަދިމާލުން ރާއްޖޭގެ މުއްސަދި ބޭބޭފުޅުން ކުރިމަތިލާކަމީ މިކަމުގެ މުހިއްމުކަން އިތުރުވާ ސަބަބު ތަކެވެ.

ނަމަވެސް މިކަމުގައި ވިސް ނާލަން ޖެހެނީ ރަށުގެ މަސްލަހަތައްވުރެ ތިމާގެ އަމިއްލަ އެދުން ބޮޑުވުމާއި ސިޔާސީ ބޭނުމަށް އާއިލާއަށް މަޖުބޫރުކުރުމާއި މަގާމާއި ނުފޫޒުގެ ބޭނުން ހިފުމާއި އަމިއްލަމިނިވަންކަމާއެކު ދެވެން އޮންނަ ސިއްރުވޯޓުވެސް އެމިނިވަން ކަން މަތި ލެވޭނެ ގޮތްނުވާ މީހުން ވެސް މަދުންނަމަވެސް ފެންނަމުން ދާތީއެވެ. ދެންއަޅުގަޑުމެން ވިސްނާލަންވީ ބަޔާންވެދިޔަ ފަދަ އެއްވެސް މަޖުބޫރު ކަމަކާނުލައި މިއިންތިހާބު ބޭއްވިއްޖެނަމަ ނަތީޖާނިކުމެދާނެ ގޮތަކަށެވެ. މިގޮތުން ވިސްނާލާއިރު ބަލަންޖެހެނީ ކޮންކޮން ކަންތައް ތަކަކާއި މެދު ތޯވެސް ބަލާލަން ޖެހެއެވެ. ކުރިމަތިލާހުރިހާކެންޑިޑޭޓުން މަގުމަތީގައި އަތުރާފައި އަޅުގަޑުމެން ކުޑައިރު ފުއްކަލޯ ކުޅެން ބައިބަހާ އުސޫލުން  ބައި ބެހުމާ ، ކުރިމަތިލާމީހުންގެތެރެއިން އެންމެދިގުމީހާއައް ވޯޓުދިނުމާ ، އެންމެމުއްސަދި މީހާއައްވޯޓުދިނުމާ ވަކިމީހަކައް ވަކިމަގާމެއް ދިނުމުން މުޅިރަށުގެރައްޔިތުން އެމަގާމުހަމަޖައްސައިދޭމިހާއައްވޯޓުދިނުމުގެ ޒަމާން އަޅުގަޑުހިތުން މިހާރު ވަނީ ކަފުން ކޮއްފައެވެ.އެއީ ހަމަޔަގީނުންވެސް އިތުރައް އަޅުގަޑުމެން ދެކެން ބޭނުން ދުވަސް ތަކެއްނޫނެވެ

ވިސްނަންވީ އަޅުގަޑުމެންގެމާޒީ ގެ ހިތި ތަރުޖިބާތަކުގެ އަލީގަައި އަޅުގަޑުމެންގެ އަތޮޅު ދެން ވެސް މަންމަނު ބަޔެއްގެ އަތްމައްޗަށް ދޫކޮއްލުމެއް ނޫނެވެ. އެއްވެސް ވޯޓަކާނުލައި ބޮޑު ޤާނޫނުއަސާސީ އެއް ނިމުނުއިރު އެބުނާ އެދުރުވެރިން ކޮބައިތޯއެވެ. އަމިއްލަވިޔަފާރި ކުރިއެރުވުމައް ދެވުނު ފަސްއަހަރު ގައި ނުހޯދުނު ތަރައްގީ އަނެއްކާވެސް ހަމަ އަޅުގަޑުމެންތަކުރާރު ކުރަންވީތޯއެވެ. ސައިޓެއްގައި އާޓިކަލްއެއްޖަހައިފިނަމަ އެކަމާ ގުޅުން ނެތްމީހަކު މަގުމަތިން ފެނުނަސް ހޭއަރުވާލާނަމޭބުނާ ބަޔަކައް ފުރުސަތު ދޭންވީތޯއެވެ.މިހިރީ އަޅުގަޑުމެން ވިސްނަންވީ ކަންތަކެވެ. މައި ބޭންކުގެ އިސްމަގާމުފުރި އަޅުގަޑުމެންގެ މެންބަރުން އަޅުގަޑުމެންގެއަތޮޅުގައި ހުޅުވި ބޭންކް ކޮބައިތޯއެވެ. ނޫންނަމަ އެކަމަށް އެފަރާތްތަކުންކުރެވުނު މަސައްކަތް އަނެއްކާވެސް ހަދާންވަނީ ވޯޓަކާ ހިސާބައް ދިޔައީމަތޯއެވެ. މިއީ ދެންއަމިއްލައެދުންނޫން ކޮންކަމެއްތޯވެސް ވިސްނާލަންޖެހެއެވެ. ތެދެކެވެ. ބައެއް ބޭފުޅުން ބުނެއުޅެއެވެ.ގޮޑިބެނުންވަނީ ހަމައެކަނި ފައިސާއަށެވެ. އާއިލީގުޅުމަށް ވާނެގޮތެއްވާށެވެ، އަހަރެން މިކުރިމަތިލަނީ ހަމައެކަނި ފައިސާ އަށޭ ބުނާބަޔެއްގެ އޮންނާނީ ކޮންސިޔާސަތެއްތޯއެވެ.


ބަޔާންވެދިޔަ ކަންތަކުންއެއްކިބާވެ ހުރެ ފުންނޭވައެއްލާަފައި ދެން ވޯޓުދޭނެމީހެއް ވިސްނާަލުމުން ވިސްނޭގޮތެެއްހަދާނަމަ ވޯޓުދެވޭނެމީހެއް އެގޭނެއެވެ.އެއީ އަޅުގަޑުގެ ނަޒަރުގައި އަބްދުލްމުހުސިނު ހަމީދެވެ. ސބަބު ބައިވަރެވެ. ބަޔާންވެދިޔަ ހުރިހާކަމަކުން ބަރީއަވެހުރެ ގިނަގުނަބަޔެއްގެރުހުންލިބިފައިވާމިބޭފުޅާއަކީ މިފަހަރުގެ އިންތިހާބުގެ ރަންތަރި ކަމުގައި ދަންނަވަން ހަމަ މަޖުބޫރެވެ. (އައިނާ)

1 comment:

Anonymous said...
This comment has been removed by a blog administrator.