Thursday, January 22, 2009

މިވެސް ދެން ގޮތެއްތޯއެވެ......

 

މިދެކޭ ތަރައްގީ އާއި މިފެންނަ ކުރިއެރުމަކީކޮންކޮން ބައެއްގެ ކިބައިން ލިބިފައިވާ ކަންތައްތަކެއްތޯ އަޅުގަޑުމެން ވިސްނާލުމުން ދޭހަވާ ކަންތައް ތަކާމެދު ހެޔޮފާލަކުން ބަލައިފިނަމަ ދެންނެވޭނީ އެެކަމުގައި އެކުލެވިގެންވާ ގިނަގުނަހަގީގަތްތަކެވެ. ނޫންނަމަ މިފަދަ ކަންކަމޭކިޔައިގެން ދައްކަންވީ ވާހަކަ އެއްކިބާކުރުމަށްފަހު ދެންފަށަންވީ ތާކުންތާކުނުޖެހޭ ވާހަކަ ދައްކާށެވެ. މިކަމުގައި މީހެއްގެ މޫނަކަށް ބެލުމެއްނެތެވެ. ތިމާމީހާއަކީ މުޅިއަތޮޅުންވެސް އެއްމެ ގަދަރުވެރި އިއްޒަތްތެރިޔާއޭކިޔައިގެން މަގުމަތީ ދުވުމާއި އިންތިހާބެއްއަންނައިރައް އެއައްކުރިމަތިލުމާއި މީހަކު ހަމަ ބާރައްބަހެއްބުނާރައް މޭކަށި ދިއްކުރުމަކީ ވެސް މިފަހަކަން އައިސް ބައެއްހޮޓާތަކުން ސައިބޯތީ އިވޭވާހަކައެކެވެ. އިތުރަށް މިކަމުގައި ވިސްނާލުމުން ދޭހަވަނީ މިފަދަމީހުންގެކިބައިން އަބަދުވެސް ހަގީގަތާހިލާފް ކަންތައްތަކެއް ފެންނަކަމެވެ. އެއްވެސް ކަމަކާ ކުރިމަތި ލާއިރު ތިމާގެ އަމިއްލަ ކުރިއެރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެހެން މީހުންގެބަލިފައިގާހިފައިގެން ދުވަންވެއްޖެނަމަ ގިނަފަހަރައް އޮންނާނީ ދެމީދާފެހިބުޅަލައްވީވަރުވެސް ނުވެފައެވެ. މިވަރުންވެސް ފުދުނީކީނޫނެވެ.ދެންތިބިބައެއްގެ ހަންބޭލުމައް ކުރި ނާކާމިޔާބުމަސައްކަތް ނިމުމުން ދެންމިފަށަނީ އެފަދަމީހުންގެ ކައިރީގާއުޅޭސަޕޯޓަރުންގެފަހަތުންދުވުމެވެ. ނަމަވެސް މިފަދަދިމަދިމާލުން ވެސް ފެންނަނީ ހަމަފެއިލްވާތަނެވެ. ފަހަރުގާ މިއުޅޭ ޅަގްރޫޕުގެ ހިތްވަރުގަދައީއެވެ. ނޫންނަމަ އެމީހުންނާއެކު އުޅޭ އަތްދިގުގަމީސް ލީ އައިނާކަލޭގެ ރާވާ ރޭވުން މޮޅީއެވެ.

ކޮންމެގޮތެއްވިއަސް ވަރިހަމައެވެ. މިފަހަރު ކުރިމަތިލާނަމެވެ. އަދިބުނަންހެއްޔެވެ. މިފަހަރު އަދިއިތުރު ކަމަކައްވެސް ފައިނަގާނަމެވެ. ފަހަރުގާ ކޯލިޝަނެއްްވެސް ފެނިދާނެއެވެ. ދެރަކަމަކީ މިކޯލިޝަނަކީވެސް ހަމަދުނިޔޭގެ އެދުމެވެ. ދެވަނަކަ ދެކަމެއްނޫނެވެ. ވާނީވެސް އެހެންތާއެވެ. ޓިކެޓް ހޯދަންނުދާކައް ޕާޓީއެއް ނެތެވެ. އަދިޕާޓީޓިކެޓް އެހެންމީހުނަށް ކެންސަލް ކުރުމައްވެސް ނުކުރާކައް ކަމެއް ނެތެވެ. އެކަމުމިހުރިހާކަމަކުންވެސްފެއިލް ވާބަޔަކުގެ ހިތްވަރު ހާދަގަދައެވެ. ދެންއެއްކަލަ ކޯލިޝަނެވެ. ޝަރުތު ތައް ވެސް ބައިވަރެވެ. ފުރަތަމަ ކަމަކީ ބޭބެއައް ރަށުކައުން ސިލްކަން ހޯދުމެވެ ދެން ހުށައަޅާނީ ދެތިން ގޯތިނޫންކަމެއްވެސް ނޭގެއެވެ. މިފަދަ ހިތް ވަރު ގަދަ ބަޔަކު ހަޑިގޮތަކައް ފަލީހަތް ވާތަން ބަލަން އިންނާނީވެސް ދެންފަހެ ކާކުހެތް ޔެވެ. އެކަމު ދެރަކަމަކީ މިއެންމެންނައްވުރެ އެއްކަލަ އަތްދިގުގަމީސްލީ އައިނާކަލޭގެވެސް މާހުށިޔާރެވެ. އެކަލޭގެ ބުނާކަހަލަޔެވެ. އިއުލާނުކުރުމުން ތިއުޅޭގްރޫޕް ފަލީހަތްކޮއްލާނަމެވެ. އޭރުން މިކެންޕެއިނުގެ ފޯރި މާގަދަވާނެ ކަމައްވެސް އެކަލޭގެ ޔަގީންކުރެެއެވެ. މައްސަލައެއްނެތެވެ. އެގޭހާވެސް ކަމަކީ މިކަމުގައި އެއުޅޭބައެއްގެ ކޮންމެސް އެދުންވެރިކަމެއް އޮތްކަމެވެ. ފަހަރުގާއެއީ އަޑިނޭގޭ ސިއްރަކައްވެސް ވެދާނެއެވެ. އެހެންނޫނީ ލިބޭދަޑިވަޅުގެ ބެނުންއެދެވޭގޮތުގައި ހިފަނީ ތޯއްޗެކެވެ.

3 comments:

Anonymous said...

ރަނގަޅު ވާހަކައެއް ތިޔައީ. ތިޔަބުނާ އަތްދިގު ގަމީސްލާ އައިނާ ކަލޭގެއަކީ ހަމަވަރަށް ގަދަމީހެއް. އަބަދުވެސް 100 އެއްހާ މީހުންނަށް ލައްކައިން ނުދަރާ އޮންނައިރެއް ނުފެނޭ. އެއްމެފަހުންވެސް މީހަކަށް ދޭންޖެހޭ ލާރިގަޑެއް ހޯދީ އެމީހާ ފުލުހުސް އޮފީހަށް ގޮސްގެން. އަނެއްކާ ތިޔަ ކަލޭގެ ހަޤީޤަތް ނޭނގޭ މީހަކު މިދިވެހިރާއްޖެއަކު ނުހުންނާނެ. ތިޔަމީހުން ތިޔަގަންނަ ގަނޑަކުން ތިޔަ އުންމީދުކުރާ ގޮތަކަށް ނުދާނެ. ހީވެސް ނުކުރާތި. އުއްމީދު ތަކާއި، އިހްސާސްތަށް ތިޔައުޅެނީ މާމަތީގައި. ހެޔޮނުވާނެ ހަމަބިމައްފައިބާ.

Anonymous said...

އައިނާއަކީ ތިބުނާހާ ކަޑަ މީހެއްކަން އެނގޭދޯ. ދެރައީ ތިޔައީ އެއަށްވުރެވެސް ކަޑަ ބައެއްކަން ނޭނގޭތީ. އަމިއްލައަށް ދެންވެސް އެކަން ގަބޫލުކުރޭ އިނގޭ ކޮއިފުޅާ...

AR Hussain said...
This comment has been removed by the author.