Saturday, January 24, 2009


ފުރުސަތު ދިނުން ބުއްދިވެރިއެވެ.

 

މިއީ ހަމައަޅުގަޑުގެ އާދޭހެވެ. ނޫންނަމަ ތިޔަބޭފުޅުންނައް ކުރެވޭ އިލްތިމާސެކެވެ. ދަންނަވާލަންބޭނުންވަނީ މިފަދަ ފުރުސަތެއް މިއަދުގެ ސަރުކާރުގެފަރާތުން މިލިބުނީ ހަމައަޅުގަޑުމެންގެދަރިއަކަށެވެ. އަޅުގަޑުމެން އެރަށަކައް ނިސްބަތްވާ ނިލަންދުއައް އުފަން މަޝްހޫރު އަލީ ޝަމީމްގެ ދަރި އިބްރާހިމްޚަލީލް އަށް އަތޮޅުކައުން ސިލްކަންލިބުމުން އަޅުގަޑުގެ ހިތުގައި އުފެދޭއުދާސް ހަމަ ތިޔަބޭފުޅުންނައި ހިއްސާކޮއްލުމެވެ. އަޅުގަޑުމެން ވިސްނަންޖެހޭކަންތައް މިފަދަ ދަޑިވަޅެއްގައި ވަރައްގިނައެވެ. މިގޮތުންއެބޭފުޅާއަކީމިކަމަށް ގާބިލް މީހެއްކަން ވަޒަންކުރުން އެއްކިބާކުރުމައްފަހު މިފަދަ ދަޑިވަލެއްގައި އަޅުގަޑުމެންގެވިސްނުންގެންގުޅެން ވީ ފުރަތަމަ އެބޭފުޅާއައް ފުރުސަތުދިނުމަށެވެ. އެންމެބޭފުޅުންނައްވެސް އެގިވަޑައިގަންނަވާނޭފަދައިން ލިބިފައިވާ ތަޢްލީމާ މަސައްކަތުގެ ހުނަރައި އަދިމިނޫން ގޮތްގޮތުން ވިސްނާއިރުވެސް ޚިލީލްގެކެބައިގާމިފަދަ މަގާމެއްފުރުމުގެ ގާބިލްކަން ހުރިތޯބެލުންއެއްކިބާކުރުމައްފަހު އެބޭފުޅާއައްފުރުސަތުދިނުމަކީ މިއަދުއަޅުގަޑުމެން ކޮންމެހެންވިސްނަންޖެހޭމުހިއްމު ނުކުތާއެކެވެ.

ހަމަޔަގީނުންވެސް މަގާަމުގެ ބޮޑުމުސާރައާއި މަގާމުން ލިބޭއެހެނިހެން ފައިދާތަކަކީ އަތޮޅުންބޭރުވާނެ އެއްޗެއްނޫނެވެ. އަދި ހަމަޔަގީނުންވެސް މިފަދަދަޑިވަޅެއްގައި އަޅުގަޑުމެންގެ އަތޮޅުބޭފުޅެއް މިމަގާމުގައިހުރުމަކީ ގިނަފައިދާތަކެއް އަތޮޅައްކުރާނެކަމެއްކަމާމެދު އަޅުގަޑައް ކުޑަވެސް ޝައްކެއްނެތެވެ. މިގޮތުން ނިލަންދުގައި ހުރި ޒުވާނުންގެ މަރުކަޒު ހުޅުވުމުގެ އަމަލީމަސައްކަތް ފެށުމާއި އަދިވެސް މިވީކުޑަދުވަސް ކޮޅުގެ ތެރޭގައި ޚަލީލްގެ ފަރާތުން ފެންނަ އެކުވެރިކަމުގެ ރޫހަކީ މިކަމުގައި އަޅުގަޑުމެން ދޭކުޑަހިތްވަރަކުން އިތުރު އެހެން ފައިދާތަކެއް އަތޮޅައް ކުރުމައް ޚަލީލް އަލިބޭހިތްވަރެކެވެ. މިފުރުސަތު ގައިއިތުރައްވިސްނަންވީ އެކުވެރިކަމާ އެކު އަތޮޅައްހެޔޮ އެދޭބައެއްގެގޮތުގައި ކުރިއައްދިއުމެވެ. ފެންނަމަންޒަރުންމިކަމާމެދުގިނަގުނަ ޚިޔާލު ތަކެއް އެފަދަ ބޭފުޅަކައް ބޭނުންވާނެއެވެ. އެކުވެރިކަމާއެކު ކުރެވޭރަގަޅު މަސައްކަތަކުން ހީނުކުރާފަދަ ކުރިއެރުމެއް ލިބުންވަރައްގާތެވެ. އެހެންވެ ވިސްނުންތެރިކަމާ ހިކުމަތްތެރިކަމާއެކު އެބޭފުޅއައްފުރުސަތުދިނުން އެއީ މިވަގުތައް ބަލާއިރު މުޅިއަތޮޅަށްވެސް އެންމެ ހެޔޮގޮތެވެ. އަޅެދެވަނަވިސްނުމަކައް ނުގޮސް މިކަމުގާޝަމިލްވެތިބުމައް އެންމެ ބޭފުޅުންނައް ގޮވާލަމެވެ...

5 comments:

Anonymous said...

ޚަލީލް ސާރ އަކީ ހިންގުންތެރިކަމުގެ ލާމަސީލު މިސާލެއްކަން ހުރިހާ އެންމެންވެސް ދަންނާނެ. ފަހަރެއްގައިވެސް އަޅުގަނޑު ތިޔަކަމަކާއި ޗައްކެއް ނުކުރަން. ޚަލީލް އަކީ ގުޅުންތެރިކަން ބޮޑުމީހެއް. ކަންކަން ކުރަން އުޅޭ ކުރެވޭ ޤާބިލް ބޭފުޅެއް.

AR Hussain said...

Good point...this is the time to join our hands for our own island.... give him a chance for what he can do for us.

Anonymous said...

how can the people of nilandhoo accept Mr.Haleel ,,,,,because of his behaviour,,,his attitude,,,the people that who are close with him,,,,and more and more,,,,,

nilandhoo said...

Thanks for those comments it seems that some of the viewers are really good to show their name and even pictures very interesting and hope to see more commen faces like Ahmed Rashid

AR Hussain said...

heheh....I wasnt shown my name just for commenting this blog...cox I was a blogger tooo and thats my personal web blog....and by the way can you plx correct my name....its not Rashid....Its Rasheed hehehehehe.....Anyhow this blog is great and you guys are doing gud work to elect a youth in this election...