Friday, January 30, 2009

އަޅުގަޑުގެ ނަޒަރު

މިފެންނަމުންދާ ތަރައްޤީއާއި ތަހުޒީބަކީ އަޅުގަޑުމެން ފުންކޮއްވިސް ނަންޖެހޭ ހަގީގަތެކެވެ. ނަމަނަމަ އިން ކެއްކޭރިހަޔަކުން ކުރާނެ އެއްވެސް ފައިދާ އެއްނޯންނާނެ ކަން އަޅުގަޑުމެންގެ ތެރެއިން ކޮންމެ ބޭފުޅަކުވެސް ގަބޫލުކުރަންވާނެއެވެ. ފާއިތުވެދިޔަ ތިރީސްއަހަރަކީ އަޅުގަޑުމެންގެ ތެރެއައްތަފާތު ކަންތައް ތަކެއް ތައާރަފު ކުރުވި ނުވަތަ ގިނަގުނަ ފައިދާތަކެއް ބަޔަކުމީހުންގެ ފަރާތުން ލިއްބައިދިން ދުވަސް ތަކެކޭ ދެންނެވުމަކީ ކޮންކަހަލަ ކަމެއްތޯ އުފެދޭސުވާލު ތިޔަބޭފުޅުންނާހަވާލެވެ. ނަމަވެސް މިކަމުގާއަޅުގަޑު ގެ މައުލޫ ކުޑަކޮއް ތަފާތެވެ. ތިރީސް އަހަރު ވެރިކަން ކުރި ޑީ އާރް ޕީ އިން ފާއިތުވެދިޔަ ހަފްތާގައި ނިންމި ނިންމުމަކީ ޑިމޮކްރަސީގެ ލާމަސީލު ނަމޫނާއެކެވެ. ރައްޔަތުންގެ މަޖިލީހައްކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާއެކު އެކަމައްކުރިމަތިލި ބޭފުޅުން ނޫން ބަޔަކައް އެޕާޓީއިން އެއްވެސް ފުރުސަތެއްނެތްކަން މިހާރުއަޅުގަޑުމެންގެތެރެއިން ކޮންމެބޭފުޅަކުވެސް ގަބޫލުކުރަން ޖެހޭނެއެވެ. ނަމަވެސް މިނަތީޖާ އިއުލާނުކުރުމުގެ ކުރިން އަޅުގަޑުމެން ނައް އިވުނުއަޑުތަކަކީ ކޮންކަހަލަ ހަގީގަތެއްތޯ އަދި އެކަމައް ބަޔަކުމީހުން ކުރި ބޭކާރުނަމަވެސް މަސައްކަތް ތަކަކީ އެއްވެސް ހަގީގަތެއްނޫންކަން މިހާރު ގަބޫލުކުރަން މަޖުބޫރު ވެއްޖެއެވެ. އެކަމު އަޅުގަޑުގެ ނަޒަރު ދަތުރުކުރަނީތަންކޮޅެއްކުރިޔަށެވެ.

     އެފަދަހަގީގަތާހިލާފް އަދި އެކަމުގައި އެއްވެސް ބަަރުދަނެއްނެތް ހަބަރުތަކަކީ އިންތިހާބުގެކުރިން ހަމަ މިއިންތިހާބައް ކުރިމަތި ލާ ބައެއް ކެންޑިޑޭޓުން އަޅުގަޑުމެން ރައްޔަތުންނައް އޮޅުވާލިބޮޑުއޮޅުވާލުމެއް ކަން ތިބޭފުޅުން ވިސްނާލުން ބުއްދިވެރިއެވެ. މިއީ އިންތިހާބުގެ ކުރިން ފެނުނު ބޮޑު މައްސަލައެއްކަމުގައި ދެންނެވިދާނެއެވެ. މިފަދަބައެއްގެކިބައިން އެބޭފުޅުންފަދަ އޮޅުވާލުން އޮޅުވާލާަބަޔަކައް މެމްބަރުކަން ލިބިއްޖެނަމަ އަޅުގަޑުމެން ރައްޔަތުން ބޯޖަންގައްޔަކައް ލުމަކީ ވެސް ދުރުކަމެއް ނޫނެވެ. އަދިމިކަމުގައި ކާމިޔާބުލިބުނު ބޭފުޅެއްގެ މުޅިޒިންދަގީއައްހުތުރު ކުރުމައްފަހުވެސް ދެރަކަމަކީއަދިވެސް ފ.އަތޮޅޭ ނުވަތަ ފ.ނިލަންދުއޭ މަގޭރަށޭކިޔައިގެން ވާހަކަ ދައްކާތީއެވެ.

އޅުގަޑައް މައުލޫމާތު ލިބޭގޮތުގައި އާއްމުކޮއް މަޖިލީހައް މީހުންކުރިމަތިލަނީ އަތޮޅުގެ ހައްގުގައި ވަކާލާތުކުރުމަށެވެ. ނަމަވެސް މިފަހަރު އިވޭ އަޑުތަކުން ބުރަވެވެނީ ނިލަންދޫގެދާއިރާއައް ކުރިމަތިލާބައެއްބޭފުޅުންގެ މަޤްސަދު ފައިސާއާއި ދިމާލައް ބުރަވާތަނެވެ. ނޫންނަމަމިކަމުގައި އަމިއްލަ ފައިދާތަންކޮޅެއް ބޮޑުކަމުން މިހެންވެސް ކިޔެނީއެވެ.އަދިވެސްވިސްނާލުންރަގަޅެވެ. ކުރިމަތިވަމުންއަންނަ އިންތިހާބައް ފައިނެގުމަކީ ސިޔާސީކުލަޔަކައްވުރެބޮޑައް ވިޔަފާރީގެ ކުލަވަރެއް ކަމުގައިވެސް ދެންނެވިދާނެއެވެ. މިކަމުގައި އަޅުގަޑުމެން ވިސްނާލަންވި މިވަގުތު ފުދޭވަރެއްގެ ރަގަޅު ވަޒީފާއެއްގައި ހުރުމައް ދެކޮޅުހެދުމައްފަހު އަތޮޅުގެ ހައްގުގައި ކުރިމަތިލުމަކީ ސިޔާސީކުލަވަރަކައްވުރެބޮޑައް އެކަމުގައި އެހެން ކޮންމެސް ހަގީގަތެއްއެކުލެވޭ ކަމެކެވެ. ފަހަރުގައި އެންމެވޯޓަކުން ވެސް ބޭނުންވާކަންތައް ނިންމާލެވިދާނެކަމުގެޔަގީންކައް ލިބުނީތޯއްޗެކެވެ. ކޮންމެގޮތެއްވިއަސް ދެވޭވޯޓަކީ ތިމާދޭވޯޓަކައްހެދުންބުއްދިވެރިއެވެ. ވޯޓުވިއްކުމަކީ ނުވަތަ ތިމާގެ އެދުރުދައިތަބުނާގޮތަކައް ވޯޓުދިނުމަކީ މަޖުބޫރުކަމެއްނޫނެވެ. ކޮންމެމީހެއްގެވެސް މިނިވަންކަމެއް ވާނެއެވެ. އެމިނިވަންކަމާއެކު އަތޮޅުގެ ހައްގުގައި ތިމާގެނިންމުން                  ނިންމަމާތޯއެވެ. އޭރުން އަޅުގަޑުމެން އެންމެން އެކުވެގެން ބާއްވާ ކާމިޔާބީ މާބޮޑުވާނެއެވެ. މިފަދަ ޓިކެޓެއްލިބިގެން ވެސް އުފާފާޅުކުރުމަކީ ފަހަރުގައި ކާމިޔާބީގެފެށުން ކަމުގައި ބަލަންވެސް ރަގަޅެވެ. 

3 comments:

Anonymous said...

thiya bunaa ticket mihaaru vanee muhsinah libifa eve.mihaaru emeehun dhakkanee kon vaahakaeh tho eve...dhen dhakkaanee konmeves ehen bahanaa ekeve.eyrun dhen rangalhu vaane eve............

Anonymous said...

ticket libidhaane ekamaku majuleehanves hovidhaane ekamaku majileehuga dhankkaane baahaken neygeyne thibunaa ticketu libunumeehakah

Anonymous said...

ފުރަތަމަ ބުނީ ޓިކެޓް ނުލިބޭނެޔޭ،،،،ދެން ބުނަނީ ހޮވުނީމާ ވާހަކަ ދައްކާކަށް ނޭގޭނެޔޭ،،،އެކަންވެސް ހީވަނީ ތިޔަބުނާ ޓިކެޓް ލިބުނު މީހާ ކުރާނެހެން،،،